ރަށަށް ލޮއެއްބެއް ކުލުނެއް އަގަލެއް އޮތިއްޔާ ރައީސް ސޯލިހުުއަށް ވޯޓް ދީ! ބޮޑުފޮޅުދޫ ކައުންސިލް ރައީސް

ސިޔާސީ ފަހުގެ

ރަށަށް ލޮއެއްބެއް ކުލުނެއް އަގަލެއް އޮތިއްޔާ ރައީސް ސޯލިހުއަށް ވޯޓް ދިނުމަށް ބޮޑުފޮޅުދޫ ރައްޔިތުންނަށް އެރަށުގެ ކައުންސިލް ރައީސް ޝުޖާއު އާދަމް ގޮވާލައިފިއެވެ.

ޝުޖާއު މިފަދައިން ގޮވާލެއްވީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫއަށް އެމަނިކުފާނު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޖަލުސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ މިސަރުކާރުން އެރަށަށް ކޮށްދެއްވާފައިވާ ކަންތައް ފާހަގަކޮށް ރައީސް ސޯލިހު ވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކޮށްދެއްވާފައި ވާކަމަށް ބުނެފައެވެ. އަދި އެރަށަށް ކުރިއަށް އޮތްތަނުގައިވެސް ކަމެއް ކޮށްދޭނީ ރައީސް ސޯލިހު ކަމަށް އޭނާ ބުންޏެވެ.

“ކުޑަ ތަންތަނަށް އަޅާލުމަކީ ތަރުތީބު އޮޅުމޭ، ނުނީ ކުރަން ޖެހިފައިނުވާ ކަަމެއްކަމުގައި ދައްކާދޭ ދައްކާދިނުން އަޅުގަނޑުމެންނަށް ނިމުން ގެނެސްދިނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު، ކިތަންމެ މަދަސް އަޅުގަނޑުމެންނީ ދިވެހި ރައްޔިތުންކަން ސާބިތު ކޮށްދިނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު، މިސަބަބައްޓަކާ ބޮޑުފޮޅަދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ތިބޭފުޅުން މިރަށައް ލޮއެއްބެއް، ކުލުނެއް، އަގަލެއް އޮތް ކަމަށް ވާނަމަ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވާނެއޭ” ޝުޖާއު

ބޮޑުފޮޅުދޫ ރަައްޔިތުން ތިބީ ރައީސް ސޯލިހު ހޮވަން ކެތްމަދު ވެފައިކަމަށާއި ﷲ ގެ ހެޔޮ ރަހުމަތުން ސެޕްޓެންބަރ 9 ވަނަ ދުވަހު ވޯޓު އަޅައި ފުރާނީ އެފޮށިން ރައީސް ސޯލިހު ނޫން އެހެން ފަރާތަކަށް އެއްވެސް ވޯޓެއް ނުނިކުންނަ ގޮތަށް ކަމަށާއި ބޮޑުތަނުން ބޮޑުފޮޅުދޫ މެޖޯރިޓީ ރައީސް ސޯލިހު ނެރޭނެކަމަށް ޝުޖާއު ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ