ގާސިމް ވެރިކަމެއްގައި ހަނިމާދޫއަށް 6 ކަމެއް ކޮށްދެއްވާނެ ކަމުގައި ވައުދުވެ ވަޑަައިގަންފި

ހަނިމާދޫ ފަހުގެ ސިޔާސީ

ޖުމުހޫރީ ޕާޓީގެ ލީޑަރ އޮންރަބަލް ގާސިމް އިބުރާހިމްގެ ވެރިކަމެއްގައި ފަސްކަމެއް ކޮށްދިނުމަށް ވައުދުވެ ވަޑައިންގެންފިއެވެ. މި ކަންކަމަށް ވައުދު ވެވަޑައިގެން ވައުދުތައް ހާމަކުރެއްވީ އިއްޔެ ރިޔާސީ ކެންޕޭނަށް އެ ޕާޓީން ހަނިމާދޫގައި ބޭއްވި ޖަލުސާގައެވެ.

ޖަލުސާގައި ޖުމުހޫރީ ޕާޓީން ހަނިމާދޫއަށް ކޮށްދެއްވާނެ ކަންތަށް އިއުލާން ކޮށްދެއްވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހިދުއެވެ. އެގޮތުން އަލީ ވަހީދު ވިދާޅުވީ މިކަންކަން ކޮށްދެއްްވާނެ ކަމަށް މިބުނަނީ ހަގިގަތުގައިވެސް މިކަންކަން ކޮށްދެވޭނެތީ ކަމަށާ ނުވާނަމަ ނުވާނެ ކަމަށް ވިދާޅުވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޖޭޕީ ހަނިމަދޫގައި ކުރާނެކަމަށް ވައުދުވި ވައުދުތައް
* 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ހަނިމާދޫ އެޔާޕޯޓް ތަރައްގީކުރުން
* ހަނިމާދޫ އެއާޕޯޓް ހިންގާނީ %100 ދިވެހިސަރުކާރުން ކަމަށާ އެތަން އެހެން ބައެއްގެ އަތްދަށަށް ދޫނުކުރުން
* ހަނިމާދޫގައި ނަހަދާހުރި ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ހެދުން
* ހަނިމާދޫގައި ޖޫނިޔާ ކޮލެޖެއް ގާއިމުކުރުން
* މަސްވެރިންނަށް ކޯލްޑް ސްޓޯރެއް ގާއިމް ކުރުން
* ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުން

އަލީ ވަހީދު ވައުދުތައް އިއުލާން ކޮށްދެއްވާ ނިމުމުން ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބުރާހިމް ވަނީ އެހުރިހާ ވައުދަކީވެސް އެމަނިކުފާނު އެންޑޯސްކޮށްފައިވާ ކަންތައްތައް ކަމުގައި ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ