ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭ އަންނަ މަހު ބޭނުންކުރަން ފަށަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ރަންވޭ އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ހާމަކޮށްފި އެވެ.

އާރުއޭސީއެލް އިން ނިންމާފައިވަނީ އައު ރަންވޭގެ އެއްފަޅީގެ މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފެށުމަށެވެ. އެގޮތަށް ނިންމާފައިވަނީ މިހާރު ބޭނުންކުރަމުންދާ ރަންވޭގެ އޮޕަރޭޝަންސް އެއްކޮށް މެދުކަނޑާނުލާ އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އާރުއޭސީއެލް އިން ބުނީ، ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޖެނުއަރީ މަހު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށް، އެއަރޕޯޓްގައި ތަރައްޤީކުރާ ޓަރމިނަލްއާއި، ސީޕްލޭން ޖައްސާ ސަރަޙައްދާއި، ފިއުލް ސްޓޯރޭޖާއި، ފަޔަރ ބިލްޑިންގއާއި އެހެނިހެން ސަރވިސް ޢިމާރާތްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އުތުރުގެ މައި އެއަރޕޯޓަކީ ހދ. ހަނިމާދޫގައި އޮންނަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އުތުރުގެ ތަރައްޤީއާއި އެކި ގޮތްގޮތުން ގުޅިފައިވާ މިއެއަރޕޯޓްގެ މަސައްކަތް ސަރުކާރުންވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިމަސައްކަތް 2024 ގެ ނިއަލަށް ނިންމުމަށް އޮތީ ތާވަލުކޮށްފައެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި ާ320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ