ހަނިމާދޫ ދާއިރާގެ އެމްޕީ ޢަބުދުލް ގަފޫރު މޫސާގެ ބޮލުގައި ސިޔާސީ ބޭނުމަށް ދޮގު ތުހުމަތު އަޅުވަމުން ދާކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެނާ މިހެން މިވިދާޅުވީ ވަޒީފާގެ ބިރު ދައްކާ އިދިކޮޅު ހަރަކާތްތަކަށް ނުކުންނަ ކުދިންނަށް ބިރުދެއްކުމާއި އަދި އިދިކޮޅު ހަރަކާތަށް ނުނުކުމެ ހުންނަނަމަ ވަޒީފާގެ ކުރިއެރުން ދޭނެކަމަށް އެމްޕީ ގަފޫރު މީހުންނަން ގުޅާ ބުނާކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ފިރާގް ވިދާޅުވީ އިދިކޮޅުން އެބުނާ ވަޒީފާގެ ބިރު ދެއްކި އެއްވެސް މުވައްޒަފެއް، އަދި އެފަދަ މީހަކު ބުނެދެން ވެސް ނޭގޭ ކަމަށެވެ.
” ވަޒީފާގެ ބިރު ދެއްކި ދުވަސް އިއްޔެ ވީ ކަމެއްހެން ހަދާނުގައި އެބަހުރި، އަނގާގައި ހިފާގެން ދަމަން އުޅެންޔާ ކިޔޭނެ”
މިހާރު އިދި ކޮޅުގައި ހަރަކާތްތެރި ވާމީހުންނަށް އާރާ ބާރު އޮތް އިރުގައި ހަނިމާދޫ ތަރައްގީކުރަން އެފަރާތްތަކުން އިސްކަން ނުދިން ކަމަށާ ގަފޫރު އެމްޕީ ކަމާ ހަވާލުވެ ހަނިމާދޫ ތަރައްގީކުރަން އެތަކެއް މަސައްކަތެއް ކުރާކަމަށް ފިރާގް ވިދާޅުވިއެވެ.
އިދިކޮޅަށް ހަނިމާދޫ ތަރައްގީ ކުރާތަން ފެނުމުން ދެން ދައްކާނެ ބަހަނާއެއް ނެތުމުން ދޮގު ތުހުމަތު ކޮށް އެމްޕީ ބަދުނާމު ކުރުން ނޫން ގޮތެއް ނެތިކެން އެކަން ކުރަނީކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
” ހަނިމާދޫ ރައްޔިތުން ގަފޫރުގެ މަސައްކަތް ބަލައިގަނޭ، އެއީ ހަނިމާދޫ ތަރައްގީގެ ބަނީ” ފިރާގް
ވަޒީފާގެ ބިރުދައްކާ އެބުނަނީތެދު