ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތްކަމަށާއި ވެރިކަން ހޯދަން އުޅެނީ މަކަރާ ހީލަތުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން ށ. ފުނަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ “ވަހެއް” ވެސް ނެތް ކަމަށެވެ.
“އަޅުގަނޑަށް ދައްކަވާ ބައްލަވާ ޕީޕީއެމްގެ ކެންޑިޑޭޓެއް. އަޅުގަނޑު ހުރީ ޕީޕީއެމުން ނުކުންނަން. އެ ފުރުސަތު ނުދެއްވި ވޯޓުލުމުގެ ފުރުސަތު ވެސް ނުދީ ޕީޕީއެމްގެ ސެނެޓް ބާއްވައިގެން ވޯޓުލާފައި ހުރި ކެންޑިޑޭޓެއް ނެތް މިއަދު. ނަތީޖާއަކީ މިއަދު ވޯޓުގެ ގޮތުގައި މަޖެންޓާ ފިޔާތޮށި، ޕީޕީއެމް ކުލަ ވެސް ނެތް. ވަހެއް ވެސް ނެތް.” ޑރ.ވަހީދު
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ވެރިކަން ކުރެވޭނެ ހަަމައެކަނި ބޭފުޅަކީ ޤާސިމް ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކާ މެދުގައި ވިސްނާއިރު، ދިވެހިން ތިބީ ދަރައި ނިމި، ސަލާމަތް ނުވެވޭ ވަރުވެފައި ކަމަށެވެ.
އެހެންކަމުން މި ހާލަތުން ސަލާމަތް ކުރެވޭނެ ވެރިއަކާ މެދުގައި ވިސްނާ އިރު، ދިވެހިން ބޭނުންވަނީ އިލްމުވެރިއެއް ނުވަތަ ނުޖޫމީ އިލްމުވެރިއެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު އުޅުނީ އޮޅުވާލައިގެން ޕާޓީ ދަމައި ގައްނަން. ޔާމީނު އެފުރުސަތު ނުދިނުމުން ހިތަށް އައިހާ އެއްޗެއް ގޮވަނީ.