ދަރަވަންދޫ ޔޫތު ފުޓްސަލް ޗެލެންޖު ވުމެންސް 2020 ތަށި ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް އުފުލާލައިފި

ކުޅިވަރު ފަހުގެ

ބ. ދަރަވަންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކުރި ދަރަވަންދޫ ޔޫތު ފުޓްސަލް ޗެލެންޖު ވުމެންސް 2020 ތަށި ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް އުފުލާލައިފިއެވެ. މިއީ ދަރަވަންދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ކަނބަލުނަށް އިންތިޒާމްކުރި ފުރަތަމަ މުބާރާތެވެ.

ރޭ ދަރަންވަދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ވާދަކުރީ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް އާއި ޑޮނިއެންސް އެވެ. މި މެޗުގައި ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް އިން 8 ލަނޑު ކާމިޔާބު ކުރިއިރު ޑޮނިއެންސް އަށް ކާމިޔާބު ކުރެވުނީ 2 ލަނޑެވެ. މެޗު މުޅިންހެން ކޮންޓުރޯލް ކުރީ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ރަނަރއަޕް ޓީމް : ޑޮނިއެންސް

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް ޖޯޒީ ނަންބަރު 5 ފާތިމަތް މާޒިނާ އެވެ.

މުބާރާތުގެ ވަނަތަކައް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.

  • ޗެމްޕިއަން ޓީމް : ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް
  • ރަނަރއަޕް ޓީމް : ޑޮނިއެންސް
  • ފެއަރ ޕްލޭ : ޑްރީމް ގާލްސް
  • މޮޅު ގޯލް ކީޕްރ : ފާތިމަތު ޝަރީފާ
  • ރަން ބޫޓު : ފާތިމަތު މާޒިނާ
އެންމެ މޮޅު 5 ކުޅުންތެރިން

އެންމެ މޮޅު 5 ކުޅުންތެރިން

  • ފާތިމަތު މާޒިނާ / ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް
  • ފާތިމަތު މާހާ / ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ވުމެންސް
  • ނިއުޝާ އަހުމަދު / ޑްރީމް ގާލްސް
  • މަރިޔަމް ނީލާ / ޑޮނިއެންސް
  • މާރިޔާ މުހައްމަދު / ޗަނބޭލި ރަނިން

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ވަނީ ވާދައިގެ ތައްޓާއި މެޑަލް އާއި ފައިސާގެ އިނާމުވެސް ދީފައެވެ.

ޗެމްޕިއަން ޓީމަށް 10،000 ދިވެހި ރުފިޔާ ދިންއިރު ރަނަރއަޕް ޓީމަށް ވަނީ 6000 ރުފިޔާ ވަނީ ދީފައެވެ.

ފޮޓޯ : ދަރަވަންދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ