ފެނަކައިން ގިނަ އަދަދަކަށް ވަޒީފާ ހަމަޖައްސަން ބަޖެޓު ހޯދަން ފޮނުވައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ފެނަކައިން 3،000 ވަގުތީ ވަޒީފާ އުފައްދަން ބޭނުންވާ ބަޖެޓު ހަމަޖައްސަން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ފިނޭންސް މިނިސްޓްރީއަށް މިދިޔަ މަހު 23 ގައި ފޮނުވި ސިޓީ ގޮށްކޮޅަށް ވަނީ ލިބިފައެވެ. އެސިޓީގައި ވަނީ މިހިނގާ ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން 432 މިލިއަން ރުފިޔާ ފެނަކައަށް ހާއްސަ ބަޖެޓުގެ ތެރެއިން ދޫކޮށްދިނުމަށް އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން މުޅި ދިވެހިރާއްޖޭގެ އާބާދީއަށް ބެހިގެންދާ ގޮތަށް ތިން މަސްދުވަހުގެ މުއްދަތަށް 3،000 ވަގުތީ މުވައްޒަފުންނެގުމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް ވެސް ދަންނަވަމެވެ،ސިޓީގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް ބޭއްވި އެކި އިންތިހާބުތަކާ ގުޅިގެން އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައިވެ އެވެ. އެގޮތަށް ވަޒީފާތައް އުފައްދަމުން އަންނަނީ ސަރުކާރަށް ތާއީދު އިތުރު ކުރުމަށް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވެސް ސަރުކާރަށް އަމާޒުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ