އިންޑޮނޭޝިއާއިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް ކޯސްޓްގާޑުން އެހީތެރިވެ އެެމީހުން މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރާއްޖެއަށް ދަތުރުކުރަމުން އައި މުތާ ކޮރަލް ނަމަކަށް ކިޔާ ޓަގު ބޯޓްގެ ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެބޯޓުން އެ އިދާރާއަށް ރިޕޯޓްކުރިކަމަށެވެ. އަދި މި ރިޕޯޓް ލިބުމުން ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމާއި އިމިގްރޭޝަން ގުޅިގެން ބެލިބެލުމުން އެ ބާޖުގައި 12 މީހުން ތިބިކަން އެނގުނުކަމަށެވެ.
މި މީހުންނަކީ މަސްވެރިކަން ކުރާ ބައެއް ކަމަށާއި މި މީހުން އެ ބާޖަށް އެރީ ރާއްޖެއާއި 140 މޭލު ބޭރުންކަމަށް އެމީހުން ބުނާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެ މީހުން އެ ބާޖަށް އެރީ އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުން ދިޔަ މަސްބޯޓް ބާޖުގައި ޖެހި ހަލާކުވެ ބޯޓް އަޑިޔަށް ދިޔުމުންކަމަށް އެމީހުން ބުނާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިކަން ހިގައިދިޔަ ގޮތް އިތުރަށް ސާފުކުރުމުގެ މަސައްކަތް ކަމާއި ގުޅޭ ދާއިރާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށެވެ. އަދި މި މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ޙަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.