ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި 5 މަސްބޯޓު މާލެ ގެނެސް ފުލުހުންނާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ޝްރީލަންކާގެ 5 މަސްބޯޓް، މާލެ ގެނެސް ފުލުހުންނާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވޭ ޝްރީލަންކާގެ މި މަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ “އަސުރުމާ 03” އިން ކުރި ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނީ މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް “ނޫރައްދީން” ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުން ކަމަށެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.

މިހާރު މި ބޯޓްތައް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މިއަދު މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ