ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން އުމަރު ނިންމައިފި

ފަހުގެ ސިޔާސީ

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފިއެވެ.

ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަމަށް ރަސްމީކޮށް ޢުމަރު އިޢުލާނުކުރެއްވީ މިރޭ ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ބޭއްވި ލައިވް ސެޝަންއެއްގައެވެ. ޢުމަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެބޭފުޅާއަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ވަނީ 6 ހާހަށްވުރެ ގިނަ ވޯޓު ހޯއްދަވައި އިންތިޚާބުގެ ފުރަތަމަ ބުރުގައި 4 ވަނަ ހޯއްދަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ