ގޯތި ދޫކުރުމަށް ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޯތި ދިނުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އާރބަންކޯއިން ބުނީ މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއެވެ.

އެކުންފުންޏާ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަން މިއަދު ފަށާފައިވަނީ ހުޅުމާލޭގައި މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީ ބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން 1351 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ