ޑްރޯނެއްގައި މާފުށީ ޖަލަށް ފޯނުތަކަކާއި ވައިފައި ރަައުޓަރެއް ވައްދަން އުޅެނިކޮށް އަތުލައިފި

ޚަބަރު ފަހުގެ

ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި ވައިފައި ރައުޓަރަކާއި އަދި ބައެއް އެހެން ތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވަނީ ޑްރޯން ބޭނުން ކޮށްގެން މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު އެއްޗެހިތަކެއް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ރޭ އަތުލައިގެންފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މާފުށީ ޖަލަށް ޑްރޯނެއްގައި އެތެރެ ކުރަން އުޅެނިކޮށް އަށް މޯބައިލް ފޯނާއި ހަޗާޖަރާއި ވައިފައި ރައުޓަރަކާއި ޔޫއެސްބީ ކޭބަލްތަކަކަކާއި ދެސިމް ކާޑު އަތުލައިގެންފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ