ޖޭޕީގެ އިސް ބޭފުޅުންގެ ތާއީދު ރައީސްއަށް

ސިޔާސީ ފަހުގެ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމާއި ޖޭޕީގެ ކައުންސިލްގެ ގިނަ ބޭފުޅުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމެވިކަން ހާމަކުރެއްވީ ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމެވި ބޭފުޅުންގެ ތެރޭގައި، ޖޭޕީގެ ނައިބު ލީޑަރު އަމީންގެ އިތުރުން ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު ވެސް ވަނީ ރައީސަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މެންބަރުން ވަނީ މިރޭ ރައީސްގެ ކެމްޕެއިނާ ގުޅިވަޑައިގެންފަ އެވެ.

ޖޭޕީގެ ކައުންސިލްގެ ގިނަ ބޭފުޅުން ރައީސް ސޯލިހަށް މިރޭ ތާއީދުކުރެއްވި ނަމަވެސް ޖޭޕީ އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފަ އެވެ. އެކަމަކު ޖޭޕީގެ އާންމު މެންބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ދިނުމުގެ ހައްގު އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ