ނޮޅިވަރަމް އެމްޑީއޭ ރައީސް އަބްދުއްރަހީމް މުހައްމަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އެ މަނިކުފާނު އެމްޑީޕީއަށް ގުޅިވަޑައިގަތީ މިއަދު ހަވީރު އެރަށުގައި އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުން ހަވީރު ސައިފޮދާއެކު ކުރިއަށްގެންދިޔަ ޖަލުސާގައެވެ.
އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގެން ފޯމާ ހަވާލުވެލެއްވީ އެމްޑީޕީ ގައުމީ މަޖުލިސް ނޮޅިވަރަމް ދާއިރާގެ ރައީސް އަލީ އަބްދުއްރަހުމާން އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.
މިޖަލުސާގައި ނޮޅިވަރަމް ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ. އަދި ހަނިމާދޫ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ހުސެން ސަހުދީ ވެސް ބައިވެރިވެލެއްވިއެވެ.