އެއްލައްކަ އެމެރިކާ ޑޮލަރު ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބަހައިފި – އައިއޭސީ

ޚަބަރު ފަހުގެ

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ދިވެހިންގެ ފަރާތުން އަވަސް އެހީގެ ގޮތުގައި އެއްލައްކަ އެމެރިކާ ޑޮލަރު ބަހައިފިއެވެ.

މިކަން ހާމަކޮށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ބުނީ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން ފަލަސްތީނުގެ އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ފައިސާ ފޯރުކޮށްދީފައިވާ ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި، މަސައްކަތް ކުރާ ސަރަހައްދުތައްކަން އައިއޭސީން ވަނީ ފާހަގަކޮށްފައެވެ.

އައިއޭސީ އިން ބުނީ އެހީގެ ގޮތުގައި 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ ދެވިފައިވާކަމަށާއި ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި އެކީއެކަށް ގެދޮރު ހަލާކުވި ފަރާތްތަށް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ