އާސަންދައިން ދެން ބޭސް ނެގޭނީ އޯޓީޕީ ދިނުމުން

ޚަބަރު ފަހުގެ ޞިއްހަތު

އާސަންދަ އިން ބޭސް ނަގާއިރު ބޭސް ނަގާ މީހާގެ ފޯނަށް އަންނަ ކޯޑް(އޯޓީޕީ) ޖަހައިގެން ނޫނީ އާސަންދަ އިން ބޭސް ނުނެގޭ ގޮތަށް ބަދަލު ގެނެސް އެ ގޮތަށް އަމަލު ކުރަން ފަށަައިފި އެވެ.

އެކުންފުނިން ބުނީ ބޭސް ނަގަން ދިއުމުން ބޭސް ފިހާރައިން ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަންބަރާއި ފޯން ނަންބަރު ހޯދާނެ ކަމަށެވެ. އަދި ފޯނަށް އަންނަ ކޯޑް ދެން އެދޭނެ ކަމަށެވެ. އެ ކޯޑް ޖެހުމުން ނޫނީ އާސަންދަ އިން ބޭސް ނުލިބޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިއާއެކު ހަމައެކަނި ބޭސް ސިޓީއަށް ބޭސް ދޫކުރަމުން އައި އައުން ހުއްޓުމަކަށް އަންނާނެ އެވެ. ބޭސް ފިހާރަތަކުން މިހާތަނަށް ބޭސް ދޫކުރަމުން އައީ ހަމައެކަނި ޑޮކްޓަރުގެ ބޭސް ސިޓީ ހުށަހެޅުމުންނެވެ.

އަސަަންދައިން ބުނި ގޮތުގައި މީގެ ދުވަސްކޮޅެއް ކުރީން ފެށިގެން ތަޖުރިބާ ކުރުމުގެ ގޮތުން އެކަން ވަނީ ފަށާފައެވެ. އަދި އާސަންދަ ހިދުމަތް ދޭ ހުރިހާ ބޭސް ފިހާރަ ތަކެއްގައި އެ އުސޫލަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: