ޖުޒާމް ބަލި ފެތުރުން ހުއްޓުވާފައިވާ ފުރަތަމަ ގައުމަކަށް ރާއްޖެ

ޚަބަރު ފަހުގެ

ދިވެހިރާއްޖެ އަކީ ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރުން ހުއްޓިފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ކަނޑައަޅައިފި އެވެ.

މިކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން މިއަދު ވަނީ ކަމާ ގުޅޭ ލިޔުންވެސް ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. މިލިޔުމާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.

އިޝްތިހާރު
އިޝްތިހާރު

މިކާމިޔާބީއާ ގުޅިގެން މިއަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަކަށް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖެ އަކީ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތުތަކާއި ލަނޑުދަނޑިތައް ރާއްޖޭގެ 100 ރަށަކުން މިމަހުގެ ތެރޭގައި ވަނީ ހާސިލްކޮށްފަ އެވެ.

ޖުޒާމު ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް 1982 ވަނަ އަހަރު ރާއްޖޭގައި ލެޕްރަސީ ބައްޔަށް ބޭސް ތައާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާ އެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ.

މިއާއެކު 1997 ވަނަ އަހަރު ލެޕްރަސީ އަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫން ކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭގެފަހުން ދިވެހި ސަރުކާރުން ވަނީ ރާއްޖެއިން ލެޕްރަސީ ނައްތާލުމުގެ މަސައްކަތް ގައުމީ ފެންވަރުގައި ފަށާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ