ތިލަދެކުނު ވޮލީބޯޅަ މުބާރާތު ފެށުން ޓީމް ހަނިމާދޫ އިން ރަނގަޅުކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފެށުން ޓީމް ހަނިމާދޫ އިން ރަނގަޅުކޮށްފިއެވެ.

މި މުބާރާތް މިއަހަރު ކުރިއަށް ގެންދަނީ ވައިކަރަދޫ ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޓީމް ހަނިމާދޫގެ އަންހެން ޓީމާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

މިމެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ޓީމް ހަނިމާދޫ އެވެ. މެޗުގެ ސެޓުތަށް ޓީމް ހަނިމާދޫ ކާމިޔާބުކުރީ 25-17، 25-16 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ 4 ނަންބަރު ހައްވާ ރަޝީދާ އެވެ.

މުބާރާތު ދެވަނަ މެޗުގައި ވާދަކުރީ ޓީމް ހަނިމާދޫގެ ފިރިހެން ޓީމާއި ވައިކަރަދޫއެވެ. މި މެޗުގައި ފޯރިގަދަ ގުޅުމެއް ފެނިގެން ދިޔައިރު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް ހަނިމާދޫއެވެ.

ޓީމް ހަނިމަދޫގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-17 އިންނެވެ. ދެވަނަ ސެޓް 25-21 ކާމިޔާބު ކުރިއިރު 3 ވަނަ ސެޓް ކާމިޔާބު ކުރީ 25-22 ހުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ ޖާޒީ 09 ނަންބަރު އިސްމާއިލް ސާޖިދުއެވެ.

ދެން މިމުބާރާތުގައި ޓީމް ހަނިމާދޫ މެޗެއް ކުޅޭނީ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހުއެވެ. 5 ވަނަ ދުވަހުގެ 20:15 ގައި ވާދަ ކުރާނީ ޓީމް ހަނިމާދޫގެ އަންހެން ޓީމާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސްއެވެ. 6ވަނަ ދުވަހު 20:15 ގައި ވާދަކުރާނީ ޓީމް ހަނިމާދޫ ފިރިހެން ޓީމާއި ކުޅުދުއްފުށި ކުލަބް ކޮރަލްސް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ