ވެރިކަން ލިބުނު ގޮތާއި ކުރީގެ ވެރިކަން ގެއްލުނު ގޮތް ހަނދާން އެބަހުރި – އަދުރޭ

ސިޔާސީ ފަހުގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަޙްމަދު، ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދަޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ފަސް އަހަރު ފަހުން ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނު ގޮތް ހަނދާން އެބަހުރި ކަމަށެވެ. އަދި ވެރިކަން ހޯދުމަށް މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް ތެދުވި މީހުން މަތިން ވެސް ހަނދާން އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖަމީލަށް ފާޑު ވިދާޅުވެ އަދުރޭ ވަނީ އެއް ދުވަހު އެއް ގޮތަށް އަނެއް ދުވަހު އަނެއް ގޮތަކަށް ވާހަކަ ދައްކާ މީހުންނަކީ ކޮން ބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް ވާގި ދިން މީހުންނަކީ ކޮބައިކަން ވެސް އެނގޭ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން. އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމުގައި ތިބެގެން އަޅުގަނޑުމެން ސިޔާސީ ވާހަކައެއް ނުދައްކާނަން،” އަދުރޭ

އަދުރޭގެ ވާހަކަފުޅުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކައިރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނާ ދެކޮޅަށް ތެދުވެ ދޮގު ތުހުމަތުތައް ކުރި މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ކާމިޔާބީ ދެމެހެއްޓުމަށްޓަކާ އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ހެދޭނެ އެންމެ ބޮޑު ގޯހަކީ ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުން ކަމަށް ޖަމީލް ދާދިފަހުން ވިދާޅުވެފައި ވަނިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ