ހަނިމާދޫ ބަނދަރުގެ ބޭރުތޮށި މަސްވެރިކަމަށް ދޫކޮށްލަނީ؟

ހަނިމާދޫ ފަހުގެ

ހަނިމާދޫ ބަނދަރުގެ ބޭރުތޮށި މަސްވެރިކަމަށް ދޫކޮށްލުމަށް ހަނިމާދޫ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަވެފައިވަނީ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 112 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ ހާމަ ކުރުމާއެކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެޖެންޑާގެ 4 ނަންބަރުގައި ނައިބު ރައީސް ފިރާޤް މުހައްމަދު ހުށައަޅާ މައްސަލައެއްގެ ގޮތުގައި ހިމަނާފައިވަނީ ހަނިމާދޫ ބަނދަރުގެ އުތުރު ފައިކަށީގައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރާނެ ވަގުތީ ސަރަހައްދެއް 1 އަހަރު ދުވަހަށް ކަނޑައަޅަން މަޝްވަރާ ކުރުމެވެ.

މިކަން އެޖެންޑާ ކޮށްފައިވާއިރުވެސް މަސްމާރުކޭޓު ހުނޅަގުގައި މަސްވެރިކަމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި އެތަނުގައި އެ މަސައްކަތްކުރާ ފަރާތެއް ބުނީ ވަގުތީ ބިމަކަށް އެދުމުން ބިން ލިބިފައިނުވާކަމަށެވެ.

ހަނިމާދޫ ކައުންސިލުގެ ލޭންޑް ޔޫސްޕުލޭންގައި ސިނާއީ މަސަކަތްތަކަށް ހާއްސަކޮށް ސަރަހަދެއް ކަނޑަ އަޅާފައިވާއިރު އެސަރަހައްދުން ބިންދިނުމުގެ ބަދަލުގައި ބަނދަރުން ބިންދޭ އުޅުމަކީ ސުވާލު އުފެދޭކަމެކެވެ؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ