ގައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރަން ރައީސް ސޯލިހު ނިންމަވައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ގައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ވަނީ ނިންމާފައެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މިކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވީ 2019 ވަނަ އަހަރު ސެޕްޓެންބަރު 12 ވަނަ ދުވަހު، ސަގާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް، ޤާނޫނު ނަންބަރ 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ތަސްދީޤުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާތީ، ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަސް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ވުޖޫދަށް އައި ތާރިޚް، ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައި ދެކެވަޑައިގަންނަވާކަމުގައެވެ.

އަދި ހަމައެއާއެކު ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، އަދި ތަރިކައާމެދު ޝައުޤުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ޚާއްސަ ޤައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމުކަމެއްކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަސް ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ވުޖޫދަށް އައި ތާރިޚް، ރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ