މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ޔާމީން ވަޑައިނުގަންނަވާނެ

ޚަބަރު ފަހުގެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. މި ޖަލްސާގެ ދައުވަތު ވަނީ ޔާމީނަށް ފޮނުވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ ޖިނާއީ ހުކުމެއްގައި ހުންނަވައިގެން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން ބޭނުންފުޅުނުވާ ކަމަށެވެ.

ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެކަހަލަ ޖަލްސާއެއްގައި ބައިވެރިވުމަކީ ޖަލްސާގެ ކަރާމާތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ޔާމީނަށް ފެނިވަޑައިގަންނަވާތީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމާ އެކަން މަޖިލީހަށް އަންގަވާފައިވާ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ އޮކްޓޫބަރު ފުރަތަމަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ