ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލައި އިންޑިއާގެ ޖޭއެމްސީ މުވައްޒަފުން ހަޅުތާލަށް!

ހަނިމާދޫ ފަހުގެ

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލައި އިންޑިއާގެ ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކުރަން ފަށައިފިއެވެ.

އެމުވައްޒަފުން ހަޅުތާލު ފެށީ އެމީހުންނަން ފުރިހަމަ ސިއްހީ ފަރުވާއާއި ފުރިހަމަ ކެއުން ލިބެމުން ނުދާތީ ކަމަށް އެމީހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

” ބަލިވީމަ ބޭސް ފަރުވާއެއް ނުކޮށްދޭ، ރަށަށް އެނބުރިދާން ބުނުމުން ބުނަނީ އާއިލާ އަށް ގުޅައިގެން ދާށޭ، މުސާރައެއް ނުދޭނަމޭ، ކާން ގެންނަ އެއްޗެހި ހުނަނަނީ ހަލާކުވެ ފަނި އަޅާފައި” މުޒާހަރާގެ ބައިވެރިއެއް ގޮށްކޮޅަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެމީހުން ފެން ބޯން ބޭނުން ކުރާ ވަޅުގައި ވެސް ފަނި އަޅާފައި ހުއްޓައި ވަނީ ގޮށްކޮޅުގެ ޓީމަށް ފެނިފައެވެ.

” މިތަނުގެ ދަރުން އަންދައިގެން މިކަށްކަނީ، އަރާހުނޫ އިހުސާސް ކޮށްލަބަލަ، މިވަރުން އިންސާނުން ކިހިނެއް މަސްކަތް ކުރާނީ، މިހެން ނުކުރެވެނޭ ބުނީމަ ބުނަނީ އަމިލަށް ހަރަދު ކޮށްގެން ފުރާން ދާށޭ، ނޫނީ ތިހެން ތިކަން ކުރާށޭ” ބަދިގޭގައި މަސައްކަތް ކުރާ މީހަކު ކިޔާދިން

ކާންތިބޭ މެސްރޫމުގައިވެސް ބަދިގެއިން އަރާ ދުމާހެދި ނެވާލަން އުދަނގޫވާއިރު އެމީހޫން ކާން ތިބެން ޖެހެނީ އެތަނުގައި ކަމަށާއި އެތާ ތިބުމީ ވޭނެން ކަމަށްވެސް އެމީހުން ކިޔާ ދިނެވެ. އަދި އެމީހުން ފަހާނައިން ބޭރުކުރާ ނަޖިސް ފެން ވެސް ހުންނަނީ ޖަންކުޝަން ފުރި ޖަންކުޝަނުން ބޭރަށް އައިސް ފައެވެ.

ހަޅުތާލު ކުރާ މުވައްޒަފުން ބުނީ އެމީހުންގެ ޑިމާޑުތަށް ފުރިހަމަ ނުކޮށްދޭހާހިނދަކު މަސައްކަތް ކުރަން ނުނިކުންނާނެ ކަމަށާ އިންސާނުންނަން މިހާ އިހާނަތިކޮން ކަންތަށް ކުރަން ހެޔޮނުވާނެ ކަމަށެވެ.

މީގެ ކުރިންވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލާ އިންޑިއާގެ ޖޭއެމްސީގެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: