ދިވެހިންގެ އެހީގެ ޓްރަކްތަށް ގާޒާއަށް ވަދެއްޖެ

ޚަބަރު ފަހުގެ

ގާޒާގެ ރައްޔިތުންނަށް ދިވެހިން ފޮނުވި އެހީ ބަރުކޮށްފައިވާ ލޮރީތައް ގާޒާއަށް ވަދެފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ބުނެފި އެވެ.

އައިއޭސީން ބުނީ، ގާޒާއަށް ވަދަފައިވާ ހުރިހާ ޓްރަކްތައް ފުރަތަމަ ގެންގޮސްފައިވަނީ އިސްރާއިލް ފަޅިއަށް ކަމަށާއި އަދި އެ ތަނުން އެ ޓްރަކްތައް ޗެކުކޮށް، ޓްރަކްތަކުގައި ހުރި ތަކެތި އެހެން ޓްރަކްތަކަކަށް ލޯޑުކުރުމަށް ފަހު ކަރީމް އަބޫ ސާލިހް މަގުން ގާޒާއަށް ލޮރީތައް ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ދިވެހިންގެ އެހީ ބަރުކޮށްފައިވާ ގާފިލާގައި ޖުމުލަ ހަ ލޮރީ ހިމެނެ އެވެ. އޭގެ ތެރެއިން ބޭހާއި ސިއްހީ ސާމާނާއި ފެނާއި ފުށުގެ އިތުރުން ކުޑަކުދީން ބޯ ކިރުޕެކެޓުވެސް ހިމެނެ އެވެ.

އައިއޭސީން ބުނާ ގޮތުގައި، އެ ލޮރީތަކަށް ބަރުކޮށްފައިވާ ތަކެތީގެ އަގު ޖުމުލަ 700،000 އެމެރިކާ ޑޮލަރު (10.7 މިލިއަން ދިވެހި ރުފިޔާ) އަށް އަރާނެ އެވެ.

އިޒްރޭލުގެ ޔަހޫދީ ސިފައިން މެދުނުކެނޑި 49 ދުވަސްވަންދެން ގާޒާއަށް ދެމުން އައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލި އިރު، އެ ހަމަލާތަކުގައި ގާޒާގެ 14،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ