ޤައުމީ ދިފާޢީ ދާއިރާ، ތައުލީމީ އަދި ޞިއްޙީ ދާއިރާއާ ގުޅޭގޮތުން ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ޤައުމީ ދިފާޢީ ދާއިރާ، ތައުލީމީ އަދި ޞިއްޙީ ދާއިރާ އާއި ގުޅޭގޮތުން، ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ޢަބްދުالله އެރެން ހޯމަ ދުވަހު މެންދުރުފަހު ތުރުކީވިލާތުގެ ޕްރެސިޑެންޝަލް ގެސްޓްހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް ވަނީ، ތަޢުލީމީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއިން އަދި ޤައުމުގެ ޘަޤާފަތުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ ތަމްރީނުތައް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ބޭސްވެރިކަމުގެ ދާއިރާފަދަ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހަމައެހެންމެ ވަޒީފާގެ މައިދާނުގައި ކުރިއަރަމުންދާ ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމާއި މެދު އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ