ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންކަމުގެ މަގާމަށް ޝަހީބު

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ކަމުގެ މަގާމަށް ހ. ރީތިގަސްދޮށުގެ މުޙައްމަދު ޝަހީބު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ވަނީ ލިބިވަޑައިގެންފައެވެ.

މީގެއިތުރުން 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ޝަހީބަށް ވަނީ ލިބިވަޑައިގެންފައެވެ.

2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ޝަހީބު ވަނީ ހާސިލުކުރައްވާފައެވެ. އަދި މީގެ ކުރިން ޝަހީބް ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ