ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ޙިލްމީ

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުސްކޮށް އޮތީ އެ މަޤާމުގައި އެންމެފަހުން ހުންނެވީ، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިދިޔަމަހުގެ 17 ވަނަ ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަންކުރެއްވި ބްރިގޭޑިއަރ ޖެނެރަލް އިބްރާޙިމް ޙިލްމީ ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 25 އޭޕްރިލް 1988 ގައެވެ. އޭނާ އަކީ ސިފައިންގެ ޚިދުމަތުގައި އެކި ރޮނގުރޮނގުން ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި އައްޔަންކުރެއްވުމާއި ހަމައަށް ހުންނެވީ، ކޮމަޑާންޓް އޮފް އެމްއެންޑީއެފް ކޯސްޓްގަރޑްގެ ގޮތުގައެވެ.

އިބްރާޙިމް ޙިލްމީ ވަނީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑަރކަންވެސް ކުރައްވާފައެވެ. ހިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހިލްމީ ވަނީ މެރިޓާއިމް ސެކިއުރިޓީއާއި ގުޅުންހުރި ދާއިރާއިން ޙިލްމީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ