ކުޅުދުއްފުށިން ފައިލޭރިޔާއަށް އިތުރު ދެމީހުން ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީއިން ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ފައިނޭންސް އެގްޒެކެޓިވް މުޙައްމަދު މޫސާ ވިދާޅުވީ ފައިލޭރިއާ ބައްޔަށް ސްކްރީން ކުރި މީހުންގެ ތެރެއިން އިތުރު ދެމީހެއްގެ ގައިން އެ ބަލި ފެނިފައިވާ ކަމަށެވެ. މިއާ އެކު މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު 19 އަށް ވަނީ އިތުރުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މުހައްމަދު ބުނީ މިފަހަރު ވެސް ފައިލޭރިއާ ފެނިފައި ވަނީ މީގެ ކުރިން އެ ބަލި ފެނުނު 17 މީހުންނާ އެކީ އުޅެފައިވާ ދެ ބިދޭސީންގެ ގައިން ކަމަށެވެ. ކުޅުދުއްފުށިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މި ބައްޔަށް ސްކްރީން ކުރެވިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

“ޕޮޒިޓިވްވި ހުރިހާ އެންމެންނަށް ޑައިރެކްޓު އޮބްޒަވޭޝަންގައި ބައިތިއްބައިގެން މެޑިކޭޝަން ދިނުން ހަމަ ގަވައިދުން ކުރިއަށް އެބަ ދޭ. މީގަ މި އުފެދެނީ ޕެރެސައިޓެއް ކަހަލަ ފަންޏެއް. އޭތި ނައްތާލެވޭނެ މި ޑޯސޭޖް ދިނީމަ،” މުހައްމަދު

މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނުމާއެކު އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެޗް.ޕީ.އޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަތް ވަނީ ގެންގޮސްފައެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި، ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެށްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ 2007 ވަނަ އަހަރުގަ އެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ