5 ވަނަ ސާއްބަ އެނިވާސަރީ ކަޕް ފެށުން ލަސްކޮށްފިއެވެ. 2007 ވަނަ އަހަރު ފެށިގެން ކޮންމެ ދެއަހަރުން އެއްއަހަރު ކުރިޔަށް ގެންދާ ސާއްބަ އެނިވާސަރީ ކަޕް ފެށުމަށް ކުރިން ނިންމާފައި ވަނީ މި މަހުގެ 15 ވަނަދުވަހުއެވެ.
މުބާރަތް ލަސްކުރުމާ ގުޅިގެން ގޮށްކޮޅަށް މައުލޫމަތު ހިއްސާކުރަމުން ސާއްބަ އެކުވެރި ކުލަބްގެ ރައީސް އަޙްމަދު އަބްދުލް ވާޙިދު ވިދާޅުވީ މުބާރަތް ލަސްކޮލަން މިޖެހުނީ މުބާރަތަށް ފުރިހަމަޔަށް ތަޔާރު ވުމަށް ވަގުތު އިތުރަށް ބޭނުވާތި ކަމަށެވެ.
“އަޅުގަނޑުމެން ބޭނުން ފުރިހަމަޔަށް ތައްޔާރުވާން މިއަދު މި ކުޅޭދަނޑުގެ ޕިޗުވެސް ރަނގަޅުކޮށް މިނިމުނީ، އިރާދަ ކުރެއްވިއްޔާ 15 ވަނަދުވަހު ރޭ ގުރުއަތު ލުން ކުރިޔަށް ގެންދާނަން، އަދި 18 ވަނަދުވަހު ހަވީރު މުބާރަތް ފެށިގެން ދާނެ” އިތުރަށް ވާހަކަ ކުރިޔަށް ގެންދަމުން ސާއްބަ އެކުވެރި ކުލަބްގެ ރައީސް ވިދާޅުވިއެވެ.
މުބާރަތް ލަސްކުރަން ޖެހުމުން ސާއްބަ އެކުވެރި ކުލަބުން ވަނީ ޓީމް ތަކަށް ދިމާ ވެދާނެ ދަތި އުނދަގޫ ތަކަށް މާފަށް އެދިފައެވެ. އަދި މުބާރަތަށް ޓީމް ތަކުން ދެއްވާ އެއްބާރުލުމަށް އިހުލާސްތެރި ސުކުރު އަދާ ކޮށްފައެވެ.
ސާއްބަ އެނިވާސަރީ ކަޕް 2020 މިޑިޔާ ޕާޓުނަރަކީ ގޮށްކޮޅެވެ. މީޑިޔާ ޕާޓުނަރުގެ ހައިސިއްޔަތުން މުބާރާތުގެ ގިނަ މެޗުތަކެއް ފޭސްބުކް ލައިވް ކުރުމަށް ވަނީ އަޅުގަނޑުމެން ނިމާފައެވެ.
ފޮޓޯ : ސާއްބަ އެނިވާސަރީ ކަޕް 2018 ، ޠަލްޙަތު