ރޯދަމަހުގެ ފަހު ދިހައެއްގައި ބޭންކްތައް ހުޅުވާނީ ދެ ދުވަހު

ޚަބަރު ފަހުގެ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާ ގުޅިގެން، އެ ދުވަސްތަކުގެ ތެރޭގައި ބޭންކް ހުޅުވާފައި ހުންނާނީ ދެ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްއެމްއޭ އަދި ބޭންކްތައް ހުޅުވިފައި ހުންނާނީ ފަހު ދިހައެއްވާ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ކަމަަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ރަމަޟާން މަހުގެ އެހެން ދުވަސް ދުވަހެކޭ ވެސް އެއްފަދައިން އެ ދެ ދުވަހު ކުރިއަށް ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ މިއަހަރުން ފެށިގެން ކޮންމެ ރޯދަ މަހެއްގެ ފަހު 10ގައި ސަރުކާރު ބަންދު ކުރުމަށެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ