އާބަންކޯގެ ނަން އަލުން އެޗްޑީސީ އަށް ބަދަލުކޮށްފި

ޚަބަރު ފަހުގެ

އާބަންކޯގެ ނަން އަލުން “ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން” (އެޗްޑީސީ) އަށް ބަދަލުކޮށް، ކުންފުނީގެ ލޯގޯއާއި ނަން އަލުން ބޭނުން ކުރަން ފަށައިފިއެވެ.

މިބަދަލު ގެނައިކަން އެ ކުންފުނިން އިއުލާންކުރީ މިއަދު މިކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

އިޝްތިހާރު
އިޝްތިހާރު

“އާބަންކޯ” އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕްރީލް 1، 2023 ގަ އެވެ. ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ހުޅުމާލޭގެ ކަންކަމަށް ހާއްސަ “އާބަންކޯ” އެންމެ ފުރަތަމަ ހިންގީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގަ އެވެ. ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ މާޗް 19، 2009 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ