ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާ ދީފި

ޚަބަރު ފަހުގެ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ މުތީ ގޯޅީގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މިރޭ 19:26 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަނިޔާވި މީހާ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. އޭނާ އަށް ލިބުނު އަނިޔާއެއްގެ ތަފްސީލެއް އެނގިފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ