އާ ދެ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށަނީ

ޚަބަރު ފަހުގެ

މިއަހަރުގެ ތެރޭ އާ ދެ އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި އެންމެ އިސްކަން ދޭންޖެހެނީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިމުމަކަށް ދާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އައު 2 އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން. އެންމެ ޒަމާނީ އެންމެ ރައްކައުތެރި ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ދާދިމިދާކަށް ދުވަހު ކެބިނެޓުން ވަނީ ނިންމާ، އެކަމާގުޅޭ މަސައްކަތް ފަށާފައި،” ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެއާޕޯޓުތައް އިތުރު ކުރުމުގެ އިތުރުން ޓެކްސީތަކުގެ ހިދުމަތް ހަރުދަނާ ކުރަން އިސްކަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ޓެކްސީ ހިދުމަތް ދޭ މީހުންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ދަފްތަރު އެކުލަވައިލާ އިރު ޑިޖިޓަލް ޕޭމެންޓް ނިޒާމު އޭގެ ތެރޭގައި ހިމަނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ފަހަރު މި އަހަރު ގެންނާނެ ކަމަށެވެ.

ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ދެ ބޯޓު ހޯދަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ