ޕެނަޑޯލް އަލުން ބޭނުން ކުރުމުގެ ހުއްދަ ދީފި

ޚަބަރު ފަހުގެ

މިއަދުންފެށިގެން ޕެނަޑޯލް ކުރި އެކޭ އެއްގޮތަށް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭ އިން ހާމަކުރާ ގޮތުގައި ފެނަޑޯލްގެ 500މގ ގެ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ އޮތޯރިޓީގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓަރީ ތަހުލީލުތައްކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ.އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން ޕެނަޑޯލް ބްރޭންޑުގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންތު ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުުން އެމްއެފްޑީއޭ އިން ހާމަކޮށްފައިވަނީ އޭރު ޕެނަޑޯލް ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމުގައާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހިފަހެއްޓިފައި ނުވުމުގެ ސަބަބުން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ފާހަގަކުރެވުނު ބެޗް މާކެޓުގައި ނެތްކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ޕެނަޑޯލްގެ ވަކި ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފައިވަނީ ބޭސްގުޅަތައް ފުނޑުފުނޑުވެފައި ހުންނަކަން ފާހަގަ ކުރެވިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ