ހަނިމާދޫ އ.ތ.މ ކޮމެޓީން ހިންގި ފަހާކޯސް ކާމިޔާބު ކަމާއެކު ނިންމާ ރޭ ބައިވެރިނަން ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ފަހާކޯސް ކުރިއަށް ގެންގޮސްފައިވަނީ 2024 ޖެނުވަރީ 16 ން ފެބުރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށް އައިފާސް ޑްރީމް އާއި ގުޅިގެންނެވެ.
މި ފަހާ ކޯހުގައި 38 ބައިވެރިން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވާކަމަށް ހަނިމާދޫ އ.ތ.މ ކޮމެޓީން މައުލޫމާތު ދެއްވިއެވެ. އަދި ބައިވެރިން ކޯހުގައި ކުރިމަސައްކަތްތައް ރޭގެ ހަފުލާގައި ދައްކާލާފައިވާކަމަށް ވެސް އެކޮމެޓިން މައުލުމާތުދެއެވެ.
މި ކޯހުގެ އެންމެހައި ޚަރަދުތައް ކޮށްފައިވަނީ ހަނިމާދޫ އ.ތ.މ ކޮމެޓީގެ ބަޖެޓުންނެވެ.