ރޯދަމަހުގެ ފުރަތަމަ 20 ދުވަހާއި ޝައްވާލުމަހުގެ ހަ ރޯދައިގައި އިމިގްރޭޝަނުން ޚިދުމަތްދޭނެ ގަޑިތައް އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ގެޒެޓުކުރި އިއުލާނެއްގައި ވަނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓު ޚިދުމަތަށް އެހީ ބޭނުންވާ ފަރާތްތަކުގެ ފޯމް ހެނދުނު 9:00 އިން ހަވީރު 16:00 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެއާއެކު ޕާސްޕޯޓު ނެގުމަށް މާލެއިން ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށާއި ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:05 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް އެ އިއުލާނުގައިވެއެވެ.
މީގެއިތުރުން، އިމިގްރޭޝަނުން ބުނީ އެ މުއްދަތުގެ ތެރޭގައި ވިސާއާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ކަނޑައަޅާފައިވާ ވަކި ގަޑިތަކުގައި ކަމަށެވެ.
އެގޮތުން:
* އިމުގާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން – ހެނދުނު 9:00 އިން ހަވީރު 17:00 އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން – ހެނދުނު 9:00 އިން 10:45 އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވާކްވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓު ދޫކުރުން – ހެނދުނު 11:00 އިން މެންދުރު 12:30އަށް
* އެޕޮއިންޓްމަންޓު އުސޫލުން ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަނެ، ވިސާ ޖަހައިދިނުން – ހެނދުނު 9:05 އިން މެންދުރު 12:00އަށް
* ވޯކްވިސާ ޚިދުމަތާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވުމަށް (ގުޅުއްވާނީ 9199153) – ހެނދުނު 9:05 އިން މެންދުރު 13:00 އަށް
* ވިސާގެ ޚިދުމަތާއި ގުޅޭ އެހެނިހެން މައުލޫމާތު ސާފުކުރުމަށް ( ގުޅުއްވާނީ 9199157) – ހެނދުނު 9:05 އިން މެންދުރު 13:00އަށް
މީގެއިތުރުން، ވޮލަންޓަރީ ޑިޕާޗާ ޓޯކަން ދޫކުރުމާއި އިންޓަވިއު ކުރުމާއި ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ އިތުރުން ކްލިއަރެންސް ޑީޕާޗާ ފޯމާއި މެޑިކަލް އަންފިޓް އެޕްލިކޭޝަން ބަލައިގަންނާނީ ހެނދުނު 9:00 އިން 11:00އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި ކްލިއަރެސް ޑިޕާޗާ ފޯމާ މެޑިކަލް އަންފިޓް އެޕްލިކޭޝަން އެޕްރޫވްކޮށް އިޝޫ ކުރާނީ މެންދުރު 12:00 އިން 13:30 ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައިވެއެވެ.
އަންނަ ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެ ދުވަސްތަކުގައި އިމިގްރޭޝަންގެ ޚިދުމަތް ވެސް ބަންދުވާނެއެވެ.