މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ މަޖީދީމަގުގައި ހުންނަ އިބްރާހީމް މިސްކިތް ކައިރި ހުރި އިމާރަތެއްގެ މަތީގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި ބޭކަރީގައިއެވެ. އަދި އެތަނުގެ ތެރެއިން ވަރަށް ބާރު ގޮވުންތަކެއްގެ އަޑު އިވެމުންދިޔަ ކަމަށްވެސް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

މިހާދިސާގެ އިތުރު ތަފްސީލް ލިބެމުންދާ ވަރަކަށް ނޫސްވެރިންނަށް ހިއްސާކުރަމުންގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ