ސާއްބަ އެނިވަރސަރީ ކަޕް 2020، “ގޮށްކޮޅު” އަދި “ޕުލޭނައު” އިން ލައިވްކުރާނެ

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ހަނިމާދޫގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ “ސާއްބަ އެނިވަރސަރީ ކަޕް” ގެ މިއަހަރުގެ ގިނަ މެޗުތައް ގޮށްކޮޅު ފޭސްބޫކް ޕޭޖުން އަދި ޕުލޭނައު އިން ލައިވްކުރާނެއެވެ.

ޖުމުލަ 6 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގެ މެޗުތައް މިރޭ ފަށާއިރު، މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިއަށްދާނީ ހަވީރުއެވެ. ކޮންމެ ދުވަހަކުވެސް މި މުބާރާތުގެ 1 މެޗު ކުޅޭނެއެވެ. މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 2021 ޖަނަވަރީ 3 ވަނަ ދުވަހު ހަވީރުއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ މި މުބާރާތުގެ ޗެންޕިއަންކަން 4 އަހަރު ހޯދާފައިވާ “ޔޫތު ފުރެންޑްސް” އާއި “ޔުނީފޯމް” އެވެ. ޔޫތު ފުރެންޑްސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2008، 2011، 2015، 2018 ވަނަ އަހަރުއެވެ.

ޕުލޭ ނައު އަކީ ހަމައެކަނި ސެޓްލިންކް ނެޓްވޯކް ތެރެއިން ޓީވީ އަދި ފަހުގެ ފިލްމު ބެލުމަށް ބޭނުން ކުރެވޭ ވެބް ސައިޓެކެވެ.

ޕުލޭ ނައު އިން މެޗު ބެއްލެވުމަށް ޒިޔާރަތްކޮށްލުމަށް ފިތާލާ

ޕުލޭ ނައު ހޯމްޕޭޖު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ