އާސަންދައިގެ ދަށުން އައިވީއެފް ހަދަން އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

އައިވީއެފް ހަދަން އެދި ފޯމު ހުށަހެޅުމަށް މިދިޔަ މާޗު މަހުގެ 15 ގައި ހުޅުވައިލާފައިވާއިރު، އެ ފުރުސަތު މިއަދަށް ހަމަވާނެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އިއްޔެ ކުރި އިއުލާނެއްގައިވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. މިގޮތުން، އަންނަ ޖުލައި މަހުގެ 31ގެ 14:00ގެ ނިޔަލަށް އައިވީއެފްގެ ފަރުވާއަށް މިހާރު ހުށަހެޅޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން، އާސަންދައިގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

މި އަހަރު ‘އައިވީއެފް’ގެ ފަރުވާއަށް އެހީ ހަމަޖައްސާދޭނީ ހުށަހަޅާ ފޯމުތަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ.

އެ ގޮތުން އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފްގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ، ކުރިން ހުޅުވާލި ފުރުސަތުގައި މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން “އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު”ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސާދެވޭނެ ކަމަށެވެ.

އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު ވަނީ އެންސްޕާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އެންސްޕާއިން މީގެ ކުރިން ބުނީ، އައިވީއެފްގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަށް އެދޭ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް، އެ ލިސްޓު އާއްމުކޮށް ޝާއިޢުކުރާނެ ކަމަށެވެ.

އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ ރައީސް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ