45 މޭލަށް ވައިގަދަވެދާނެކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފި

ޚަބަރު ފަހުގެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މުޅި ރާއްޖެއަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 06:15 އިން މިރޭގެ 12:00ގެ ނިޔަލަށެވެ.

އެ އިދާރާއިން ބުނީ މި މުއްދަތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން މިހާރު ފެށިފައިވާއިރު، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ