އައްޑޫ ސިޓީ އަދި ފުވައްމުލަކަށް އޮރެންޖު އެލާޓު ނެރެފި

ޚަބަރު ފަހުގެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވެ އައްޑޫ ސިޓީ އަދި ފުވައްމުލަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އެލާޓުގައި ބުނީ، މިރޭ 7:00 އާ ހަމައަށް ގަޑިއަކު 34 މޭލާއި 40 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުން ގޯސްއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވެ އެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ވެސް ހިނގި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. ފުލުހުންނާއި، އެމްއެންޑީއެފް އަދި ޑިޒާސްޓާއިން ވަނީ މޫސުމަށް ސަމާލުވެ، އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް ދުރާލައި އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި މިދުވަސްވަރު ރޭގަނޑު ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ މިއަދު އިލްތިމާސްކޮށްފަ އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ