ހަތަރު މީހުނާއެކު ގެއްލުނު މުދާ އުފުލާ ދޯންޏާއި އޭގައި ތިބި މީހުން ފެނިއްޖެ

ޚަބަރު ފަހުގެ

މީމު އަތޮޅުން ގެއްލިގެން ހޯދަމުން ދިޔައީ ތްރީއޭ ކުންފުނީގެ ސަޕްލައި ދޯންޏާއި އޭގައި ތިބި ހަތަރު މީހުންނެވެ. އޭގައި ތިބީ އެއް ދިވެއްސަކާއި ތިން ބިދޭސީންނެވެ.

މި ދޯނި ފެނިފައި ވަނީ ވ. ފޮއްތެޔޮ ކައިރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ހުއްޓުނީ އަޑީ ތެޔޮ ހުސް ވެގެނެވެ. ދޯނި ހުއްޓުމުގެ ސަބަބުން އޮޔާ ދަނިކޮށް ފެނުނީ އެމީހުން ހޯދަމުން ދިޔަ ސީޕްލޭނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ވެސް ހާލު ރަނގަޅެވެ. މިހާރު އެމީހުންނަށް ތެޔޮ ފޯރު ކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ދޯނި ފެނިފައި ވަނީ ދޯނި ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. ދެ ސީޕްލޭނާއެކު ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ