ރާފިލް މުހައްމަދު އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރެވެ. ނަމަވެސް ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާ ދެއްވި އިރަކާއި އެކަމާ ގުޅޭ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާ ދެއްވި އިރު، އެ ކުންފުނީގެ ޗެެއާޕަސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނޫރައިން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި އެއްވެސް ފާރަތަކުން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ކުންފުނީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރިއިރު ބޯޑުގެ ބައެއް މެންބަރުންނާއި އެ ކުންފުނީގެ އެމްޑީޕީ ފާތިމަތު ތައުފީގުއާ ދެމެދު ގުޅުން ކުޑަކަން ބައެއް ބޭފުޅުން ފާހަގަކުރައްވަ އެވެ. އަދި އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދުވެސް އޮންނަންވާ ބަދަހި ގުޅުން ނެތް ކަމަށް ބައެއް ބޭފުޅުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ.