ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރި ކޮށްދެއްވީ މި މުބާރާތުގެ ސްޕޮންސަރ ގޮތުގައި ހަރަކާތް ތެރިވެލައްވާ ފަރާތަކާއި މުބާރާތަށް ކަންކަމުގައި އެކިގޮތް ގޮތުން އެހީތެރިވެދެއްވާ ފަރާތަކެވެ.
މި މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ބައިވެރި ވެފައިވާއިރު މިއަދު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފުރެންޑްސް އާއި ޔުނީފޯމް އެވެ.
ފުތަމަ ހާފު ފަށިގޮތަށް މެޗު ކޮންޓްރޯލު ކޮށްގެން ޔޫތު ފުރެންޑްސްއިން ކުޅުނު އިރު މެޗު ޔޫތު ފުރެންޑްސް މެޗު ކާމިޔާބު ކުރީ 6-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގައި 5 ލަނޑު ފެނިގެން ގޮސްފައިވާއިރު ޔޫތު ފުރެންޑްސް ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަލީލު އެވެ. އަހުމަދު ހަލީލު 3 ލަނޑު ކާމިޔާބު ކޮދީފައިވެއެވެ. ފުތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބު ކުރި ދެވަނަ ލަނޑު 15 މިނެޓުގައި ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 22 ވަނަ މިނެޓްގައެވެ. މީގެ އިތުރުން 34 ނަންބަރު އާދަމް އިބުރާހިމް ވަނީ 34 ވަނަ މިނެޓްގައި ޔޫތު ފުރެންޑްސް އަށް އިތުރު ލަނޑެއް ކާމިޔަބު ކޮދިނެވެ. ހާފު ނިމިނިމި އޮށްވާ 33 ނަންބަރު ޖާދުاللٰه އަލީ ލަޑެށް ކާމިޔާބު ކޮދީފައެވެ.
ދެވަނަ ހާފުގައި ވެސް ގިނަވަގުތު މެޗު ކޮންޓްރޯލު ކުރީ ޔޫތު ފުރެންޑްސްއިންނެވެ. މެޗުގެ 74 ވަނަ މިނެޓްކައި ހުސެން ސާހިދު ޖެހި ލަނޑާއެކު ޔޫތު ފުރެންޑްސްއިން މެޗުގެ އިސްކޯ 6-0 ބަދަލު ކޮލިއެވެ.
ކުޅުމުގެ އޮޔަވަރަށް ބަދަލު އައީ ޔުނީފޯމް ދެވަނަ ހާފުގައި ގެނައި ބަދަލު ތަކަށް ފަހުއެވެ. އެގޮތުން ފާހަކަ ކޮށްލެވޭ ބަދަލަކީ 70 ވަނަ މިނެޓްގައި އެޓީމަށް ގެނައި ބަދަލެވެ. އެއީ ޖޯޒީ ނަންބަރު 11 މުހައްމަދު އަލީ ބާލައި ޖޯޒީ ނަންބަރު 15 ސޮލާހު ހުސައިން އެރުވުމެވެ. އޭގެފަހުން މަޑުމަޑުން ޔުނީ ފޯމް ކުޅުމުގެ ތެރެޔަށް ވަދެ ލަނޑު ޖެހުމަށް މަސައްކަތް ކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތު ތެރޭ ލިބުނު ކޯނަރެއްގެ ބޭނުން އެޓީމުން ހިފިއެވެ. ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީވެސް ދެވަނަހާފުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ނުކުތް އަހުމަދު ޒަރީރު އެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސް 3 ގޯލް ޖަހައިދިން އަހުމަދު ހަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލު ކޮށްދެއްވާފައި ވަނީ ބުރޭކް ޓައިމްގެ ފަރާތު އިދުރީސް އާދަމް އަދި އަބުދުއް ރައޫ ފެވެ.
މާދަމާ ވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ އަހުލީ އަދި ރިއަލް ސްޓާރސްއެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:50 ގައެވެ.
ފޮޓޯ : ނާހިދު މުހައްމަދު – ގޮށްކޮޅު