ވެރިކަންކުރާ ޕީއެންސީގެ އެސްޖީއަކަށް މިނިސްޓަރު ޝަރީފުގެ އަނބިކަނބަލުން

ފަހުގެ ސިޔާސީ

ވެރިކަންކުރާ ޕީއެންސީގެ އަމީންއާންމުގެ މަގާމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން އައްޔަންކޮށްފިއެވެ.

ޕީއެންސީން އެކަން ހާމަކުރީ އެ ޕާޓީގެ ރަސްމީ ‘އެކްސް’ އެކައުންޓުން ޒީނާޒްގެ ފޮޓޯއެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނުނު ޒީނާޒް ވަނީ، ތައުލީމީ ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވައި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯކަން ވެސް ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ އެއް މަސް ކުރިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕީއެންސީގައި މިވަގުތު 27،704 މެންބަރުން އެބަތިއްބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ