މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވައިފި

ފަހުގެ ސިޔާސީ

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުގަ އެވެ.

މަޖިލީހުގެ ރައީސް އިންތިހާބުކުރުމުގެ ސިއްރު ވޯޓުގައި އަބްދުއްރަހީމް އަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓެއް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ ރައީސް ހޮވުމަށް ބޭއްވި ސިއްރު ވޯޓުގެ ގުނުމުގެ މަސައްކަތް ކުރީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމްދީދީ އާއި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްގަފޫރު މޫސާ އާއި މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ގާސިމް އިބްރާހީމް އާއި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އެވެ.

މި ހުށަހެޅުމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.

މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ