241 ކޮމިޓީގައި 13 މެންބަރުން، އެހެން ކޮންމެ ކޮމިޓީއެއްގައި 11 މެންބަރުން ހިމަނަން ފާސްކޮށްފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވުމަށް ގާނޫނު އަސާސީން ބާރު ލިބިފައިވާ 241 ކޮމިޓީއަށް 13 މެންބަރުން އަދި މަޖިލީހުގެ އެހެން ދާއިމީ ކޮމިޓީތަކަށް 11 މެންބަރުން ކަނޑައަޅަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކު މިއަދު ފެށި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ގޮތަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

އިޝްތިހާރު
އިޝްތިހާރު

ފަލާހުގެ ހުށަހެޅުއްވުން ފާސްކުރީ 88 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ ނަންތައް މިއަދު ފާސްކޮށްފައެއް ނުވެ އެވެ. ފަލާހު ހުށަހެޅުއްވީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޕާޓީތަކަށް ނަން ހުށަހަޅަން ފުރުސަތު ހުޅުވާލުމަށެވެ. މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ފަލާހުގެ އެ ހުށަހެޅުއްވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ