ޖުލައި މަހުން ފެށިގެން އިންޑިއާ އިން ސީދާ އައްޑުއަށް ޕެރިޝަބަލް ކާގޯ ގެންނަން ފަށަނީ

ޚަބަރު ފަހުގެ

އަންނަ މަހުން ފެށިގެން އިންޑިއާ އިން ސީދާ އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އިންޑިއާ އިން އައްޑުއަށް ޕެރިޝަބަލް މުދާ ގެންދަނީ ލަކުޑި ބޯޓު ފަހަރުގަ އެވެ. އެހެންވެ އެ ހިދުމަތް ދެވެނީ އަހަރުގެ ތެރޭގައި ވަކި ދުވަސްތަކެއްގަ އެވެ. އެކަމުގެ ސަބަބުން އައްޑުއަށް ބޭނުންވާ އެ ފަދަ މުދާ ގެންދަން ޖެހެނީ މާލެ އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ވަޖީހު ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބަލް މުދާ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލްއާއި ކުރި މަސައްކަތް ކާމިޔާބުވެ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.

އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކޮންމެ 10 ދުވަހަކާއި 15 ދުވަހާ ދޭތެރޭ، އިންޑިއާ އިން ކާގޯ ބޯޓެއް އައްޑުއަށް ދާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

”1 ޖުލައި އިން ފެށިގެން މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސްތަކެއްގައި ވެސް މެދު ކެނޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެއެވެ،“ ވަޖީހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީގެ އެހެން ބާވަތްތަކާއި މޭވާގެ ބާވަތްތައް ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައްވެސް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ