ޕީއެންސީ ހަރުގެ ރަސްމީކޮށް ހުޅުވައިފި

ފަހުގެ ސިޔާސީ

ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ޕީއެންސީ ހަރުގެ ރަސްމީކޮށް ހުޅުވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ޕީއެންސީ ހަރުގެ ގާއިމުކޮށްފައިވަނީ އެމްޑީޕީގެ ހަރުގެ އަދި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ހ. ވެޔޮވިލާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީއެންސީ ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަދި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން އެމްއެންޕީ އަދި ޖޭޕީގެ ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުއަށް އަދި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: