ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ދިވެހިރާއްޖެ އިން ފެނިއްޖެއެވެ.
އެ ބަލި ރާއްޖެއިން ފެނުނުކަން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ނަަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް އަދި ނުލިބެއެވެ.
މެނިންގޮކޯކޮލްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
އެ ބެކްޓީރިއާގެ ސަބަބުން އެންމެ އާންމުކޮށްޖެހެނީ ދެ ބައްޔެކެވެ. އެއީ ސިކުނޑިއާއި މައިބަދައާ ގުޅުވައިލާ ސަރަހައްދަށް އިންފެކްޓުވާ މެނިންގޮކޯކަލް މެނިންގިޓިސްއާއި، ލެޔަށް ޖެހޭ އިންފެކްޝަނެއްކަމަށްވާ މެނިންގޮކޯކަލް ސެޕްޓިސެމިއާއެވެ.
މި ބެކްޓީރިއާ އިންފެކްޓުވެ ބަލި ޖެހުމުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
* ހުން ގަދައަށް އައުން
* ބޮލުގައި ވަރަށް ބޮޑަށް ރިއްސުން
* ކަރަށާއި ކަނދުރާއަށް ތަދުވެ، ބާރުވެފައިހުރުން
* ހޮޑުލެވުން
* ހަންގަނޑުގައި ރަތް، ދަނބު ކުލައިގެ ފިތްގަނޑުލުން
* ފައިގައި ރިހުން
* އަވަސްއަވަހަށް ނޭވާ ލެވުން
* އަތްފައި ފިނިވުން
މި ބަލި ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިންނެވެ. ނަމަވެސް މި ބައްޔަކީ ރޯގާ ފެތުރޭހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.
މި ބަލި ޖެހިފައިވާކަން އެނގުމާއެކު އެންޓިބައިޓިކް ދީ އަވަހަށް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ނުވަތަ 15 ޕަސެންޓު ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައިި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ.
ސުއްބުނާ އަނެއްކާވެސް ރަޔްޔިތުން ފެލާނިގޮތެއް ޓެގު ޓީމުން ރާވަނީ…
ޢަލީ ލަތީފޫ PCR ހަދައިގެން ރައްޔިތުން ފެލާލީ ރުފިޔާ ކޮޅު ހުސްވީތާ ދޯ..